އައްޑޫ މޭޔަރު އަލީ ނިޒާރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މޭޔަރު ނިޒާރު ކުރެއްވި ޓްވީޓެއްގައި އެކަން ހާމަކުރައްވާފައިވާއިރު އިތުރަށް ވިދާޅުވެފައިވަނީ، ހާލު ރަނގަޅު ކަމަށާއި އެހެންނަމަވެސް ބަލީގެ ކުދިކުދި އަލާމާތްތައް އެބަހުރި ކަމަށެވެ.
Tested positive for #COVID19. Feeling fine with minor symptoms. #besafe #WearMask #washyourhands
— Ali Nizar (@DhekunuNizar) February 12, 2022
އައްޑޫގައި ކޮވިޑްގެ ކޭސްތައް އިތުރުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު މިވަގުތު ހުރީ 722 ގައެވެ.
ކޭސްތައް ބެހިފައިވާ ގޮތަށް ބަލާ އިރު، ހިތަދޫގައި 328، ފޭދޫގައި 115، މަރަދޫގައި 97، ހުޅުދޫގައި 68، މަރަދޫފޭދޫގައި 64 އަދި މީދޫގައި 46 ކޭސް އުޅެ އެވެ. އަދި މީހުން އުޅޭ އަވަށްތަކުގެ ބޭރުން ހަތަރު ކޭސް އުޅެ އެވެ. މި ވަގުތު އައްޑޫގައި ކޮވިޑަށް އެޑްމިޓްކޮށްގެން އެކަކަށް ފަރުވާދެމުން އަންނަ އިރު، ބަލީގައި މިހާތަނަށް 15 މީހަކު މަރުވެފައިވެ އެވެ.