Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

މަނަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ނ. މަނަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށްދަމުން އަންނަކަން ހާމަކޮށްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ޑްރެޖިންގ މަސައްކަތްތަކާއި ޖެޓީ ހެދުމަށްޓަކައި ފޫޓިންގ ކާސްޓިންގް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މަނަދޫ ބަނދަރުގެ މަސައްކަތުގެ މަޝްރޫއަކީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.