ކުޅިވަރުގެ ދާއިރާ އިން ދެކުނު ކޮރެއާ އިން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބޭ ސްކޮލަޝިޕަކަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މިއަދު ހުޅުވާލައިފި އެވެ.
އެތަނުން ބުނީ ކޮރެއާގެ ސޯލް ނެޝަނަލް ޔުނިވަސިޓީ (އެސްއެންޔޫ) ގައި ދެ އަހަރުގެ މުއްދަތަށް ކިޔަވަން ލިބޭ "ޑްރީމް ޓުގެދަ މާސްޓާސް ޕްރޮގްރާމް" ގެ އަށް އެޕްލައިކުރަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 10 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިއީ ކުޅިވަރު ދާއިރާ މެނޭޖްކުރުމާއި ލީޑަޝިޕަށް މީހުން ބިނާކުރުމަށް ލިބުނު ފުރުސަތެކެވެ.
"ޑްރީމް ޓުގެދަ މާސްޓާސް ޕްރޮގްރާމް" އަކީ ކޮރެއާގެ ކަލްޗަ، ސްޕޯޓްސް އެންޓް ޓޫރިޒަމް މިނިސްޓްރީމް ފަންޑްކޮށްގެން އެސްއެންޔޫ އިން ހިންގާ ގްލޯބަލް ސްޕޯޓް މެނޭޖްމަންޓް ގްރެޖްއޭޓް ޕްރޮގްރާމްގެ ބައެކެވެ.
ކޮރެއާގައި ކިޔަވަން ލިބޭ މި ފުރުސަތުގައި ސްކޮލަޝިޕުން ހުރިހާ ހަރަދެއް ވެސް ކަވަރުކުރެ އެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓާއި ހުރުމާއި ކެއުމާއި ޓިއުޝަން ފީ އާއި ހެލްތު އިންޝުއަރެންސް ވެސް ހިމެނެ އެވެ.
މި ސްކޮލަޝިޕާ ބެހޭ އިތުރު މައުލޫމާތު 3346640 ނަމްބަރުން ހޯދޭނެ އެވެ.