Last Updated: June 14, 17:57
Sunday, June 14, 2026
ޚަބަރު

އަމާޒަކީ ޕާޓީ ހަރުދަނާކޮށް، ހެޔޮވެރިކަން ދެމެހެއްޓުން: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި މިކަން ރަސްމީކޮށް އިއުލާނުކުރެއްވިއިރު އިތުރަށް ވިދާޅުވެފައިވަނީ، އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް، އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުން ކަމަށެވެ.

"ލޮބުވެތި މެމްބަރުންގެ ތާއީދަށް އެދެން." ފައްޔާޒްގެ ޓްވީޓްގައިވެއެވެ.

ފައްޔާޒްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާވެގެން ދާނެކަމާމެދު ޝައްކެއް ނެތްކަމަށެވެ.

ފައްޔާޒްގެ އިތުރުން އެމްޑީޕީހެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިމްތިޔާޒު ފަހްމީ (އިންތި)ވަނީ ހާމަކުރައްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިއްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 19 ވަނަ ދުވަހުގެ 16:00 އާހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.