ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރުމުގެ އަމުރެއް ސިވިލް ކޯޓުން ނެރެފިއެވެ.
ސިވިލް ކޯޓުން ޖާބިރު ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވަނީ، ހައްޔަރުގައި ބަހައްޓައިގެން މާދަމާ ސިވިލް ކޯޓަށް ހާޒިރުކުރުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހައްޔަރު ކޮށްގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވަނީ އެކޯޓުގައި މާދަމާ 11:45 ގައި އޮތް ޝަރީއަތުގެ މަޖިލީހަކަށެވެ.
މީގެކުރިންވެސް ރާއްޖެތެރޭ ރަށެއްގައި ހުންނަވަނިކޮށް ޖާބިރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފައިވެއެވެ. މީގެއިތުރުން މިފަހުން ސިވިލް ކޯޓުން ޖާބިރުގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވެއެވެ. އެހެންނަމަވެސް ފަހުން ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލާފައިވެއެވެ.