Last Updated: June 12, 11:08
Friday, June 12, 2026
ސިއްހަތު

ރާސްބެރީ: ކޮބާ ފައިދާއަކީ؟

ހިކުމަށް މަސައްކަތް ކުރާ މީހަކަށް ރާސްބެރީ އަކީ ވެސް ވަރަށް ފައިދާ ހުރި މޭވާއެކެވެ.

ޖަޕާނުގެ ސައިންސްވެރިން ވަރަށް ދިގު މުއްދަތަކަށް ކޮށްފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ރާސްބެރީގައި ވިޓަމިންސް އާއި މިނަރަލްސް އަދި އެނޫން ވެސް މާއްދާތައް ހުރުމުގެ އިތުރުން ސަރުބީ ވަކިކޮށްލާ އެންޒައިމެއް ވެސް މި މޭވާގައި އެކުލެވެ އެވެ.

އެހެންކަމުން ސަރުބީ ވިރުވާލަން މި މޭވާގެ ދައުރު ވަރަށް ބޮޑެވެ. ޖަޕާނުގެ ޑައިޓީޝަނުން ލަފާދެއްވަނީ ކެއުމުގެ 30 މިނިޓް ކުރިން ބައިތަށި ރާސްބެރީ އިން ފުދޭނެ ކަމަށެވެ.