Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

ފުލިދޫ ބޭރުތޮއްޓަށް ބޮޑުހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ވ. ފުލިދޫ ބޭރުތޮށިލާން ބޭނުންވާ ބޮޑުހިލައިގެ ފަހު ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ.

އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 52 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް 13 ފެބްރުއަރީ 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ލެވޭ ހިލަފައިކަށިތައް ލުމާއި، 12،000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 16.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.