Last Updated: June 30, 04:45
Tuesday, June 30, 2026

"ވީކެންޑް ވިތު އެމްއެންޑީއެފް" އަށް ފުރުސަތު ހުޅުވާލައިފި

އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންތަކެއް ކަނޑުމަތީގެ ރައްކާތެރިކަމާއި ބެހޭ މައުލޫމާތު ދެނީ- ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސަދަން އޭރިއާގެ ފަރާތުން ބާއްވާ "ވީކެންޑް ވިތު އެމްއެންޑީއެފް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

-އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ -17 25 އަހަރުގެ ދެ ޖިންސްގެ ޒުވާނުންނަށެވެ.

ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ހަވީރަށް ބާއްވާ މި ހަރަކާތުގައި ލައިފް ސްކިލް ޓްރެއިނިން އާއި ފަޔާ ފައިޓިން އަދި ބޭސިކް ފަސްޓްއެއިޑް ކިޔަވައި ދެވޭނެ އެވެ.
އަދި އެމްޑީއެފްގެ އާއްމު ހަރަކާތްތަކާއި ކަނޑުގެ ހާދިސާތަކުގައި ހަރަކާތްތެރިވާނެ ގޮތުގެ ޓްރެއިނިންގެ އިތުރުން އެކި އެކި ތަފާތު ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދިނުމަށް ނިންމާފައިވާކަމަށް ސަދަން އޭރިއާ ކޮމާންޑުން ބުނެ އެވެ.

މި ހަރަކާތް ކަވާކުރުމުގެ ފުރުސަތު އައްޑޫގެ ނޫސް ތަކަށްވެސް ވަނީ ހުޅުވާލާފައެވެ.

ވީކެންޑް ވިތް އެމްއެންޑީއެފްގައި ބައިވެރިވުމަށް ޝައުގުވެރި ޒުވާނުން 7905522 ނަންބަރު ފޯނަށް ގުޅައިގެން ނަން ނޯޓް ކުރުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ.

އައްޑޫގައި ދާދި ފަހުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ "ބުލޫސް ފޯ ޔޫތު" ގެ ނަމުގައި މިފަދަ އިތުރު ހަރަކާތެއް ބާއްވާފައެވެ، އެ ޕްރޮގްރާމަށް އައްޑޫން ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.