Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އަސްލަމް ވާދަކުރަނީ

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާދަކުރަން ނިންމަވައިފި އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެ މަގާމަށް ވާދަކުރައްވަން ނިންމެވީ ޕާޓީގެ ގިނަ މެމްބަރުންގެ ތާއީދު ވެސް އޮތުމުންނެވެ. އަސްލަމް ވިދާޅުވި ގޮތުގައި ޕީޖީ ގްރޫޕްގެ މަސައްކަތްތައް މިހާރަށް ވުރެ ބޮޑަށް ހަރުދަނާކުރަން ޖެހޭ ކަމަށާއި އެ މަސައްކަތްކުރައްވަން ބޭނުންވާ ކަމަށެވެ.

އެހެންވެ ހުރިހާ މެމްބަރުން ވޯޓް ދޭނެކަމުގެ އުންމީދު ވެސް އޮތް ކަމަށް ވިދާޅުވި އެވެެ. އަސްލަމަކީ މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން މަޖިލީހުގައި މަސައްކަތްކުރައްވާތާ އެންމެ ގިނަ ދުވަސްވީ އަދި ސިޔާސީ މަސައްކަތްތަކުގައި ވެސް އުޅުއްވާތާ އެންމެ ގިނަ ދުވަސްވީ އެކެކެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ އިންތިހާބު އޮންނާނީ މި މަހުގެ 28 ގަ އެވެ.

ކުރިން އެ މަގާމުގައި ހުންނެވި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ދެ އަހަރުގެ ދައުރު ވަނީ މި މަހުގެ 2 ގައި ހަމަވެފަ އެވެ.