Last Updated: May 12, 11:08
Sunday, May 12, 2024
ޚަބަރު

އެމްޑީޕީގެ ޗެއާޕާސަނަކަށް ފައްޔާޒަށް ބޮޑު ތާއީދެއް!

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިކޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ތާއީދުކޮށް އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕްގެ ބައެއް މެމްބަރުންނާއި ރަށްރަށުގެ ކައުންސިލް ބައެއް މެމްބަރުން ތެދުވެއްޖެ އެވެ.

ޗެއާޕަސަން ކަމުގެ މަގާމަށް ފައްޔާޒުއާ ވާދަކުރައްވަނީ އެ ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ އެވެ. ފައްޔާޒުއަށް ތާއީދުކުރާކަން މިހާތަނަށް ހާމަކުރި ބައެއް މަޖިލިސް މެމްބަރުންގެ ތެރޭގައި ކުރިންވެސް ގިނަ ބަޔަކު ގަބޫލުކުރި ގޮތައް ހިމެނެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފެކްޝަނުގެ މެމްބަރުންނެވެ. އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވަނީ ފައްޔާޒުއަށް ތާއީދުކުރާކަން ހާމަ ކުރައްވާފަ އެވެ.

ރަށު ކައުންސިލްގެ ރައީސުންގެ ތެރެއިންވެސް ބައެއް މެމްބަރުން ގެންދަނީ މި އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓުން ހާމަކުރައްވަމުންނެެވެ. އެގޮތުން ދިއްގަރު ކައުންސިލްގެ ރައީސް މުހައްމަދު ނިޝާން ވަނީ ފައްޔާޒުއަށް ތާއީދުކޮށް އެކަން ޓުވީޓަރގައި ހާމަކުރައްވާފަ އެވެ.

ޗެއާޕާސަންކަމުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތުގެ ހަމަވުމުގެ ކުރިންވެސް މި އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު އިންތިއަށް ތާއީދުކުރާ މަޖިލިސް މެމްބަރުންނާއި އާއްމުން ގެންދަނީ ކެމްޕެއިން ކުރަމުންނެވެ.