Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އޭއީއެޗަށް ބޭސްތަކެއް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ކީމޯތެރަޕަތީގެ ފަރުވާ އަށް ބޭނުންވާ ބައެއް ބާވަތްތަކުގެ ބޭސް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ބޭސް ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 27 އާ ހަމައަށް ބިލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިކަމަށް ރަޖިސްޓްރީކުރަން ބޭނުންވާ މީހުން މިއަދުން ފެށިގެން ރަޖިސްޓްރީކުރުމުގެ ފުރުސަތު ވެސް ހުޅުވާލާފައި ކަމަށެވެ. ރަޖިސްޓްރޭޝަން ފޯމް ހޮސްޕިޓަލްގެ ގެޒެޓްކޮށްފައިވާ އިއުލާނާ އެކު ހިމަނާފައިވެ އެވެ.

އެ ފޯމް ފުރިހަމަކޮށް މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގެ ކުރިން [email protected] އީމެއިލްކުރަން ޖެހެ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ވެސް މި މަހުގެ 21 އާ ހަމައަށް އެ މެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އެވެ.

ބީލަންތައް ބަލައިގަތުމާއި ހުޅުވުން އޮންނާނީ މި މަހުގެ 27 ވަނަ ދުވަހު މެންދުރު ފަހު 1:00 ގައި އޭއީއެޗްގެގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމްގަ އެވެ. ބީލަން ހުށަހަޅަން ރެޖިސްޓްރީނުކުރާ ފަރާތްތަކާއި ބީލަން ހުޅުވަން ހަމަޖެހިފައިވާ ގަޑިއަށް ނުދާ ފަރާތްތަކުގެ ބީލަންތައް ބަލައެއްނުގަންނާނެ އެވެ.

ކީމޯތެރަޕީ ފަރުވާ އަށް އޭއީއެޗަށް ސަޕްލައިކޮށްދޭން ޖެހޭ ބޭހުގެ އަދަދަކީ 79 އެވެ.