ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ދެކަނބަލުން މާލެ ވަޑައިގެންފިއެވެ.
ރައިސް ސޯލިހްގެ ދެކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.
މިނުރަސްމީ ދަތުރުފުޅާ ބެހޭގޮތުން އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހާމަކޮށްފައެވެ.
ނުރަސްމީ ދަތުރުފުޅަކަށްފަހު ރައީސް މާލެ ވަޑައިގެންފައިވާއިރު، ރައީސް އޮފީހުން ބުނީ މި މަހުގެ 18 އިން 20 ގެ ނިޔަލަށް ރައީސް ޅ. އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށެވެ.