Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ރަނގަޅަށް އެއްބާރުލުން ނުލިބުނުކަމަށްބުނެ ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެމީހުންގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައިފިއެވެ.

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންތަކެއް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެ މީހުން އެ ތިބީ ރަޝިއާގެ ބޯޑަރާ އެންމެ ކައިރީގައި އޮންނަ ސިޓީގައި ކަމަށާއި، ކޮންމެ ހަމަލާއަކުން ވެސް އެ މީހުންނަށް އަސަރުކުރާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ.

ދަރިވަރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމްބަސީގެ ނަމްބަރުވެސް ހޯދަންޖެހުނީ އަމިއްލަޔަށް ކަމަށާއި، ފޮރިން މިނިސްޓްރީގެ ފަރާތުން ނުވަތަ ކަމާގުޅުންހުރި އެހެންވެސް އިދާރާއަކުން އެ ދަރިވަރުންނަށް ގުޅުމަށް މަސައްކަތް ކޮށްފައިނުވާކަމަށެވެ.

ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނިނަމަވެސް އެކަން އެގޮތަށް ނުހިނގާ ކަމަށް އެ ދަރިވަރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ޖަރުމަނުގެ ބާލިންގައި ހުންނަ އެމްބަސީގެ އޮފިޝަލުންނާ ދަރިވަރުންނާ އެކު ގްރޫޕެއް މިހާރު ހެދިފައިވީނަމަވެސް އެމަޖެންސީ ކޮންޓެކްޓުތައް ފުރަން ގޫގުލް ފޯމެއް އެމްބަސީން ފޮނުވުން ފިޔަވާ އިތުރު ހަބަރެއް އެމްބަސީގެ ފަރާތުން ނެތްކަމަށްވެސް ބުނެފައިވެއެވެ.

ދަރިވަރުން ދެން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ޓިކެޓްތަކުގެ އަގު މިހާރު ބޮޑުވެފައިވުމުން އެކަމާއެވެ. އެގޮތުން ކުރީބައިގައި ދަރިވަރުންނަށް އެމްބަސީން ލިޔުމެއް ލިބުންނަމަ، ޓިކެޓްތައް ހެޔޮ އަގުގައި ހުއްޓާ އަމިއްލަ ހަރަދުގައިވެސް ފުރުނީސް ކަމަށާއި، އެހެންނަމަވެސް މިހާރު ޓިކެޓްތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވުމުން ފުރޭނެ ގޮތެއް ނެތްކަމަށްވެސް ބުނެފައިވެއެވެ.

ދަރިވަރުންގެ ބަޔާން–

މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށާއި، ބައެއް ދަރިވަރުންގެ ބެލެނިވެރިން ބައްދަލުކުރުމަށް އައުމުން ބައްދަލު ކޮށްފައިވާކަމަށެވެ. އަދި ޔޫކްރެއިންގައި ތިބި ދަރިވަރުންގެ ލީޑަރސް މެދުވެރިކޮށް އެ ދަރިވަރުންގެ ހާލަތު ބަަލަމުން އަންނަކަމަށެވެ.