ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ހުކުރު ދުވަހު ހުޅުވަން ނިންމައިފި އެވެ.
ޖުމްލަ 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ކުރެއްދޫ ހޯލްޑިންސް އިން 1.2 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ތަރައްގީކުރި މަޑިވަރު އެއާޕޯޓް ހުޅުވުމަށް ހުކުރު ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަޑިވަރު އެއާޕޯޓް ހިންގަން ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އާ ހަވާލުކޮށްއެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އެއާޕޯޓް އެޅުމަށް ކުރެއްދޫ ހޯލްޑިންސްއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މެއި 29، 2018 ގައެވެ. މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތްކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.