Last Updated: July 19, 13:41
Sunday, July 19, 2026
ކުޅިވަރު

އެމެރިކާގެ ޖިމްނާސްޓް ސިމޯން އެންގޭޖްވެއްޖެ

އޮލިމްޕިކްސްގައި ރަން މެޑެލް ވެސް ހޯދާފައިވާ އެމެރިކާގެ އެންމެ ކާމިޔާބު އެއް ޖިމްނާސްޓްގެ ގޮތުގައި ފާހަގަކޮށްލެވޭ ސިމޯން ބައިލެޒް ލޯބިވެރިޔާ ޖޮނަތަން އޮވެންސްއާ އެންގޭޖްވެއްޖެ އެވެ.

މި ވާހަކަ 24 އަހަރުގެ އެތުލީޓު ސޯޝަލް މީޑިއާގައި ހިއްސާކުރީ ޖޮނަތަންއާ އެކީ ނަގާފައިވާ ފޮޓޯތަކަކާ ވެސް އެކީ އިއްޔެ އެވެ. ޖޮނަތަން، 26، އަކީ އެމެރިކާގެ ފުޓްބޯޅަ ކުޅުންތެރިއެކެވެ. އޭނާ އާއި ސިމޯން ރައްޓެހިވީ އޮންލައިކޮށް ދިމާވެ 2019 ގެ ތެރޭގަ އެވެ.

އެމެރިކާގެ އޮހައިއޯ އަށް އުފަން ސިމޯން މިހާތަނަށް ޖިމްނާސްޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިރު، އޭނާ ހޯދި އޮލިމްޕިކް މެޑެލްތަކުގެ އަދަދު ހަތެކަށް އަރަ އެވެ.