Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ޔާމީންގެ ޝަރީއަތް ލައިވް ނުކުރެވޭ ސަބަބު އޮޅުން ފިލުވަނީ

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރިގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ލައިވް ނުކުރެވޭ ސަަބަބު އޮޅުން ފޮލުވާނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި މިހާރު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތްތައް ލައިވް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސައީދުގެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ލައިވް ނުވެގެން އުޅޭ ސަބަބު މަޖިލީހުން ސާފު ކުރާނެކަމަށެވެ.

ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރިއަތް ލައިވް ކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތުންވެސް ކޯޓުގައި ތަކުރާރުކޮށް އެދިފައިވެއެވެ. އެހެންނަމަވެސް ކޯޓުން ބުނެފައިވަނީ ލައިވް ކުރުމަށް ބޭނުންވާ ވަސީލަތް ކޯޓުގައި ނެތީ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ޝަރިއަތްތައް މިދުވަސްވަރު ލައިވް ނުކުރެވިގެން އުޅެނީ އެ ކޯޓުގައި އައިޓީ އޮފިސަރަކު ނެތުމުންނެވެ.