Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ލޯޑް ތާރިގާއި އިނގިރޭސި ސަފީރު އައްޑޫގައި

އިނގިރޭސިވިލާތުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ އަދި ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަހުމަދު މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ކެރޮން ރޮސްލާއާ އެކު އައްޑު އަށް ވަޑައިގެންފ އެވެ.

އެ ބޭފުޅުންނާ އެކު ރައްޔިތުންގެ މަޖިލީހުގެ އަައްޑޫގެ ބައެއް މެމްބަރުން ވެސް އިއްޔެ ފެއްޓެވި ދަތުރުގައި ބައިވެރިވަޑައިގަންނަވަ އެވެ.

މި ދަތުރުގެ ތެރޭގައި އައްޑޫގައި ވެޓް ލޭންޑް ސަރަހައްދުތަކަށް ޒިޔާަތްތަޔްކޮށްކުރައްވައި އެތަންތަނާ ބެހޭ މައުލޫމާތު ސާފުކުރައްވައި އެފަދަ ތަންތަނުގެ ހިމާޔަތާއި ރައްކާތެރިކަމާއި ތަރައްގީއަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުއްވާނެ އެވެ.

ދެ ބޭފުޅުންގެ މި ދަތުރުގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށް، އައްޑޫގައި ހުރި އިނގިރޭސީންގެ ހަނދާންތަކާ ގުޅޭ މުހިއްމު ތަންތަނަށް ވެސް ޒިޔާރަތްކުރައްވާނެ އެވެ. އިނގިރޭސިންނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑޫގައި މިލިޓަރީ ބޭސް ހަދައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ބައެކެވެ.

ވަކިން ހާއްސަކޮށް އައްޑޫ ގަމަކީ އިނގިރޭސީންގެ ހަނދާންތައް އައްޑޫން އެންމެ ބޮޑަށް ފެންނާނެ ތަނެކެވެ. ގަން އެއާޕޯޓަކީ އިނގިރޭސީން ތަރައްގީކުރި ތަނެކެވެ.

އިނގިރޭސި ސަފީރާއި ލޯޑް ތާރިގްގެ އައްޑޫގެ ދަތުރުގެ ތެރެއިން މަތީ ތައުލީމަށް އެ ގައުމުން ދިވެހިންނަށް ލިބެން ހުރި ފުރުސަތުތަކުގެ މައުލޫމާތާއި އެފަދަ ފުރުސަތުތައް އިތުރުކުރުމާ ބެހޭ ގޮތުން ވެސް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރައްވާނެ އެވެ.