Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ޖަލު އޮފިސަރުން ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރަނީ

ރާއްޖޭގެ ޖަލުތަކުގައި މަސައްކަތްކުރާ ޕްރިޒަންސް އޮފިސަރުން ވެސް ބޮޑީ ވޯން ކެމެރާ ބޭނުންކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޖަލު ބެލެހެއްޓުމުގައި އިސް ސަފުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯން ކެމެރާ ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ގޮތުން، އެ ތަކެތި ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސް އާއި މޯލްޑިވްސް ކަރެކްޝަން ސާވިސްއާ މިއަދު ވަނި އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފަ އެވެ.

ކަރެކްޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅެވެ. ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އައިމަން އާދަމެވެ.

ކަރެކްޝަންސް އިން ބުނީ މި ކެމެރާތަކަކީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން 15 ބޮޑީ ވޯން ކެމެރާ އާއި ތިން ޓޭޒަ ފޯރުކޮށްދޭނެ އެވެ.

މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށް ވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ. މީގެ އިތުރުން މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަންސް އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް މިއީ މުހިއްމު ދައުރަކަށް ވާނެ ކަމަށް ބުންޏެވެ.

ފުލުނުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުން އިފުތިތާހުކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.