ގައުމީ އެއާލައިން މޯލްޑިއަވިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭސް) ގެ ދަށުން ހިންގާ މޯލްޑިއަން އޭވިއޭޝަން އެކަޑެމީގައި ހިންގާ ޕައިލެޓުން ތަމްރީނު ކޯސްތަކުގެ ފީ އަގު މިއަދު އާއްމުކޮށްފި އެވެ.
އެ އެކަޑެމީން ބުނީ އިންޓަގްރޭޓެޑްކޮށް ކިޔަވާ ދަރިވަރުންގެ ކޯހުގެ ފީ އަކީ 58،007 ޑޮލަރު (894،468ރ.) ކަމަށާއި މޮޑިއުލާ އަށް، ކިޔަވާ ނަމަ ފީ އަކީ 59،626 ޑޮލަރު (919،433ރ.) ކަމަށެވެ.
We are pleased to announce course fees for pilot training programs. The integrated programme is 18-24 months, while the modular programme is self paced. pic.twitter.com/AEZu5grpZy
— Maldivian Aviation Academy (@mvaviationacad) February 17, 2022
އޭވިއޭޝަން އެކެޑެމީން ބުނި ގޮތުގައި މޮޑިއުލާކޮށް ކިޔަވާ ނަމަ ތަމްރީނުތައް ކުރިއަށް ދާނީ އެކި ފިޔަވަހިތަކަށެވެ. އަދި ތަމްރީނުތައް ކުރިއަށް ގެެންދަން ޖެހޭނީ ޕްރައިވެޓް ލައިސެންސް ނެގުމަށް ފަހު އެވެ. އިންޓެގްރޭޓެޑްކޮށް ތަމްރީނު ހަދާ ނަމަ ކިޔެވުން 18-24 މަސް ދުވަހުގެ ތެރޭގައި ނިންމައިލެވޭނެ އެވެ.
For those of you who want to hire our aircraft for individual lessons, here is the list of charges. pic.twitter.com/5In9OmmS3T
— Maldivian Aviation Academy (@mvaviationacad) February 17, 2022
މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ވެސް ބައިވެރިވެގެން ހިންގާ އޭވިއޭޝަން އެކެޑެމީގެ ކިޔެވުން 35 ދަރިވަރަކާ އެކު ފެށީ މިދިޔަ މަހުގެ 10 ގަ އެވެ.
ސަަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި އޭވިއޭޝަން އެކަޑެމީ މެނޭޖްކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.