ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެއްޖެ އެވެ.
ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެނިކޮށް މަރުވީ މަޑަވެއްޔަށް ނިސްބަތްވީ 75 އަހަރުގެ މީހެކެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު އަދިވެސް ރަނގަޅުވަމުން ނުދާ އިރު، މިހާރު ކޭސްތައް އެންމެ ގިނައީ އަތޮޅުތެރޭގެ ރަށްރަށުގަ އެވެ. ކޮވިޑްގައި މިހާތަނަށް ރާއްޖޭން 289 މީހަކު މަރުވެފައިވެ އެވެ.