Last Updated: June 12, 11:08
Friday, June 12, 2026
ސިއްހަތު

ސްޓަފްޑް ޗިކަން ރޯސްޓް

* ބޭނުންވާ ތަކެތި:

1 ކުކުޅު

7 ރޯމިރުސް ރަތް (ޗިސްކޮށްފައި)

1 ސަމުސާ ގަރަމް މަސާލަ

2 ސަމުސާ އިނގުރު، ލޮނުމެދު ޗިސްކުރި

3 ޖޯޑު ކާށިކުރު

1 ބޮނޑި ކޮތަންބިރިފަތް

2 ބިސް

ތެޔޮ، ލޮނު


* ތައްޔާރު ކުރާނެ ގޮތް:

ކުކުޅުން ހަންގަނޑު ނޮޅައިފައި ޅިޔަ އެޅުމަށް ފަހު،ޗިސްކުރި މިރުސް، ގަރަމް މަސާލަ ލޮނު، އިނގުރު، ލޮނުމެދު ލައިގެން ކުކުޅުގައި ރީއްޗަށް އުނގުޅައި، ބަނދެލުމަށް ފަހު އެއް ގަޑިއިރު ވަންދެން ބަހައްޓާށެވެ.

ދެން ތާހަކަށް ކުޑަ ތެޔޮ ކޮޅެއް އަޅައި، ކުކުޅު ލައިގެން މުށި ކުލަ އަރަން ދެން ތެލުލާށެވެ. އެއަށް ފަހު ކާށިކިރު އަޅައި، ލޮނު ހެޔޮވަރުކޮށް. ކުޑަކޮށް ހިނދެންދެން ކައްކާލާށެވެ.