ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ އަންހެން ސަފީރު ކެރޮން ކޯސްލާ ބޯ ނިވާނުކުރައްވައި މާލޭގެ އިސްލާމިކް މަރުކަޒަށް ޒިޔާރަތްކުރެއްވުމާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ކުރީގެ އިސްލާކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކަމަނާ ނަސޭހަތެއް ދެއްވައިފި އެވެ
ޝަހީމް ޓްވީޓްކުރެއްވީ ރާއްޖޭގައި ހުންނަ އިނގިރޭސި ހައި ކޮމިޝަން ޓެގް ވެސް ކުރައްވަ އެވެ.
"ރާއްޖޭގެ މިސްކިތްތަކަށް ވަނުމުގައި މިސްކިތްތަކުގެ މަތިވެރިކަން ދަމަހައްޓައި މުސްލިމުންގެ ސަގާފަތަށް އިހުތިރާމުރުމަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރަށް ގޮވައިލަން." ކުރުކޮށް އިސްތަށިގަނޑު ބަހައްޓަވާ ސަފީރަށް އިޝާރާތްކުރައްވައި ޑރ. ޝަހީމް ލެޓިން ބަހުން ވިދާޅުވި އެވެ.
ސަފީރު އިސްލާމީ މަރުކަޒަށް ޒިޔާރަތްކުރެއްވީ ރާއްޖެ އަށް މިހާރު ވަޑައިގެން އުޅުއްވާ އިނގިރޭސިވިލާތުގެ ސްޓޭޓް ފޯ ސައުތު އޭޝިއާ އެންޑް ދަ ކޮމަންވެލްތު މިނިސްޓަރު އަދި ދަ ޕްރައިމް މިނިސްޓަސް ސްޕެޝަލް ރެޕްރެސެންޓޭޓިވް އޮން ޕްރިވެންޓިންގް ސެކްޝުއަލް ވަޔަލެންސް އިން ކޮންފްލިކްޓްސް، ލޯޑް ތާރިގާ އަހުމަދާ އެކު މިދިޔަ އަންގާރަ ދުވަހު އެވެ.
Raajjeyge miskiythakah vanumuga Miskiythakuge mathiverikan dhamahattai Muslimunge Saqaafathah ihuthiraam kurumah raajjeyga hunnavaa ingireysi safeerah govaalan. @UKinMaldives
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 17, 2022
އެ ބޭފުޅުންނާ އެކު އިސްލާމީ މަރުކަޒަށް ވަޑައިގެންނެވި ޓީމްގެ ބޯ ނިވާ ނުކޮށް އިތުރު އަންހެން ބޭފުޅަކު ވެސް ހުންނެވި އެވެ. މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. އެ ޓީމްގައި އިސްކޮށް ހުންނެވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. އެ ޒިޔާރަތުގެ ފޮޓޯތަކެއް ތާރިގް ޓްވީޓް ވެސް ކުރައްވާފައިވެ އެވެ.
I had an informative meeting with Minister Dr Ahmed Zahir @MVIaffairs discussing climate and the role of faith in society. Also visited the historic Masjid-al-Sultan Muhammad Thakurufaanu Al Auzam. pic.twitter.com/XUz4phUzzW
— Lord (Tariq)Ahmad of Wimbledon (@tariqahmadbt) February 17, 2022
ރާއްޖޭގެ މިސްކިތްތަކަށް ބުރުގާ ނާޅާ މުސްލިމު ނޫން އަންހެނުން ޒިޔާތްކުރާ އިރު ބޯ ނިވައިކުރުމަކީ އާންމުކޮށް އަމަލުކުރާ އުސޫލެކެވެ. އަދި ރާއްޖޭގައި އަމަލުކުރަމުން އަންނަ ގަވައިދަކުން ވެސް އައުރަ ނިވާނުކޮށް މިސްކިތްތަކަށް ވަނުމަކީ މަނާ ކަމެކެވެ.