"މޯލްޑިވްސް ސްޕޯޓްސް އެވޯޑް" ގެ ނަމުގައި އަންނަ މަހު އެވޯޑެއް ދޭން ނިންމައިފި އެވެ.
އެ އެވޯޑު ހަފްލާ އަންނަ މަހުގެ 17 ގައި ބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މި އެވޯޑާ ޔޫތު ބެހޭ ގޮތުން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެއް ކަމަށެވެ. އެގޮތުން ކުޅުންތެރިންނާއި ކޯޗުންނާއި ކުޅިވަރުގެ އޮފިޝަލުންނަށް ވެސް އެވޯޑް ދޭނެ އެވެ. އަދި ކުޅިވަރުން ރަން ވަނަތައް ހޯދާ ކުޅުންތެރިންނަށް ވެސް އެވޯޑް ދޭނެ އެވެ.
#MaldivesSportsAwards2022 🇲🇻 pic.twitter.com/rmDU3GX3t3
— Ahmed Mahloof (@AhmedMahloof) February 16, 2022
މިނިސްޓްރީން ބުނި ގޮތުގައި މި އެވޯޑްގެ ތެރޭގައި މިނިސްޓަރު ދެއްވާ ހާއްސަ އެވޯޑެއް ވެސް ހިމެނޭނެ އެވެ.
އެވޯޑާ ބެހޭ އިތުރު މައުލޫމު ޔޫތު މިނިސްޓްރީން ވަރަށް އަވަހަށް ހާމަކުރާނެ އެވެ.
"ގައުމީ ކުޅިވަރު އެވޯޑް" ގެ ނަމުގައި ސަރުކާރުން އެންމެ ފަހުން އެވޯޑެއް ދިނީ 2012 ގަ އެވެ. އޭރު ކުޅިވަރުތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދިން ކުޅުންތެރިންގެ އަގުވަޒަކުރުމުގެ ގޮތުން ހަތް ކުޅިވަރަކުން އެވޯޑު ދިނެވެ.