Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

މި އަހަރު 210،000 އަށް ވުރެއް ގިނަ ޓޫރިސްޓުން

މިއަހަރު މިހާތަނަށް 210،000 އަށްވުރެއް ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 210،184 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝީޔާއިންނެވެ. އެގައުމުން 33،191 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 24،010 ފަތުރުވެރިން އަދި އިންޑިއާއިން 18،044 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުން އިޓަލީ، ޖަރމަނީ، ޔޫކްރެއިން، އެމެރިކާ، ފްރާންސް، ސައުދިއަރަބިއްޔާ އަދި އޮސްޓްރިއާއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 54،154 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 162 ރިސޯޓުގައި 38،822 އެނދު، 642 ހޮޓެލް، ގެސްޓްހައުސްގައި 12،912 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 1،418 އެނދެވެ.

މިދިޔަ 2021 ވަނަ އަހަރު ރާއްޖެއަށް 1،321،932 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.