ސިނަމާލެ ބްރިޖްމަތިން ދުއްވާފައިދިޔަ ތެޔޮ ބައުޒަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 09:49 ގައި ކަމަށެވެ.
އެތަނަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ދިޔައިރު ވެހިކަލްގެ ޑްރައިވަރު އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.
މައުލުމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ ތެޔޮ ބައުޒަރުގެ ކުރިމަތިން އިންޖީނާ ދިމާލުންނެވެ. އެހެންނަމަވެސް މިހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ސާފެެއް ނުވެއެވެ.