Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ރައީސް ސޯލިހަށް ނައިފަރުން ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. ނައިފަރަށް ވަޑައިގެންފިއެވެ.

ރައީސް ނައިފަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މިއަދު ހެނދުނު ވަނީ ފެލިވަރަށް ވެސް ވަޑައިގެންފައެވެ. އަދި ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައެެވެ.

ރައީސް ސޯލިހް ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަމިއްލަފުޅު ރަށް، ޅ. ހިންނަވަރަށް އިއްޔަ ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ހިންނަވަރުގައި ރޭ "ޖަޒީރާ ހޮޅުއަށި" ބާއްވާފައިވާއިރު، ރައީސް ސޯލިހް ވަނީ ރައްޔިތުންގެ ހިޔާލު އެ ބައްދަލުވުމުގެ ތެރެއިން ހޯއްދަވާފައެވެ. އަދި ހިންނަވަރުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައިވެއެވެ.