Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

މިނިސްޓަރު މާރިޔާ ރަސްމީ ދަތުރުފުޅެއްގައި އަބޫދާބީއަށް

ފޮޓޯ: އެމްއެންޑީއެފް

ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ރަސްމީ ދަތުރުފުޅެއްގައި އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މިނިސްޓަރު މާރިޔާގެ މި ދަތުރުފުޅަކީ ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މި މަހުގެ 21 އިން 23 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

"ޔޫމެކްސް އެންޑް ސިމްޓެކްސް 2022" ނުވަތަ އަންމޭންޑް ސިސްޓަމް އެގްޒެބިޝަން އަކީ، އަބޫދާބީ ނޭޝަނަލް އެގްޒެބިޝަން ކޮމްޕެނީއާއި ތަވާޒުލް އިކޮނޮމިކް ކައުންސިލާއި އެ ޤައުމުގެ މިނިސްޓްރީ އޮފް ޑިފެންސާ ގުޅިގެން އިންތިޒާމްކުރާ ކޮންފަރެންސެއް ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މިނިސްޓަރު މާރިޔާގެ މި ދަތުރުފުޅަކީ، ޔޫއޭއީގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެފެއަރޒް، ޝެއިޚް މުޙައްމަދު އަޙްމަދު އަލްބަވަރުދީ ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.