"މޯލްޑިވްސް ސްޕޯޓްސް އެވޯޑް" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޔޫތް މިނިސްޓްރީން ބުނީ މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 14:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެވޯޑަށް ނަން ހުށަހެޅޭނެ ދާއިރާތައް:
* އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
* ސްޕެޝަލީ އޭބަލްޑް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
* ސްޕޯޓްސް ޖާރނަލިސްޓް އޮފް ދަ އިޔަރ އެވޯޑް.
* މީޑިއާ އޮފް ދަ އިޔަރ އެވޯޑް (އޮންލައިން / ބްރޯޑްކާސްޓިންގ)
* ސްޕޯޓްސް މެޑިކް އޮފް ދަ އިޔަރ އެވޯޑް.
* މޭލް އެންޑް ފީމޭލް ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔަރ އެވޯޑް.
* މޭލް އެންޑް ފީމޭލް ކޯރޗް އޮފް ދަ އިޔަރ އެވޯޑް.
* މޯސްޓް ޕްރޮމިސިންގ ޔަންގް އެތްލީޓް އޮފް ދަ އިޔަރ އެވޯޑް (އަންހެން / ފިރިހެން)
އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެވޯޑާއި ގުޅުންހުރި ސެޓްފިކެޓާއި ލިޔެކިޔުންތަކާއި ޕާސްޕޯޓު ސައިޒުގެ ފޮޓޯއާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އިތުރުން އެވޯޑާއި ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ހުށަހަޅަން ވަނީ އެދިފަ އެވެ.
ސްޕޯޓްސް އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގައި ކުޅިވަރު ކުޅޭ ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ.