Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

މަރުވެފައި އޮއްވައި ފެނުނު މީހާގެ ތަހުގީގު ކުރިއަށް

އައްޑޫ މަރަދޫފޭދޫގެ ފަޅަށް ހުރި ގެއެއްގެ ތެރެއިން އިއްޔެ މަރުވެފައިޮއިއްވައި ފެނުނު މީހާގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ހެނދުނު 10:30 އެހާކަށްހާ އިރު މަރުވެފައި އޮއްވައި ފެނުނު އަލީ އިބްރާހިމް (އަލިކޮއި)، 40، އެވެ. އޭނާ އަކީ ފޭދޫ މީހަކާ އިނދެގެން އެ ރަށުގައި ދިރިއުޅެމުން އައި ފުވައްމުލަކު މީހެކެވެ. އަލިކޮއިގެ މަރުވުމާ ޅިގެން އޭނާގެ އާއިލާގެ އެދުމުގެ މަތިން ހަށިގަނޑު އިއްޔެ ވަނީ ފުވައްމުލަކަށް ފޮނުވާލައިފަ އެވެ.

މި ހާދިސާއާ ބެހޭ ގޮތުން ފުލުހުން ބުނީ އެ މަރުގެ މައްސަލަ އިތުރަށް ތަހުގީކުރަމުން އަންނަ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަލިކޮއި މަރުވެފައި އޮއްވައި ފެނުނު އިރު ހަށިގަނޑަށް ބޭރުފުށުން އެއްވެސް ޒަހަމެއް އަދި އަނިޔާލިބުފައިވާ ކަމުގެ އެއްޗެސް ނިޝާނެއް ނެތެވެ.

އޭނާގެ ގާތް ބައެއް މީހުންގެ ފަރާތުން އެނގިފައިޗާ ގޮތުގައި އަލިކޮއި މަރުވެފައި އޮއްވައި ފެނުނީ އޭގެ ކުރީ ދުވަހުގެ ހަވީރުން ފެށިގެން އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނުކޮށެވެ. އަދި ފޯނުން ވެސް ނުގުޅިގެން އޭނާއާ ވީ ގޮތެއް ނޭނގިގެން ހޯދަމުން ދަނިކޮށް މަރަދޫފޭދޫގައި ފަޅަށް ހުރި ގެއެއްގެ ތެރެއިން އޭނާ ފެނުނީ އަލިކޮއި ދުއްވި ސައިކަލް އެ ހިސާބުގަނޑުގެ ސަރަހައްދަކުން ފެނުމާ ގުޅިގެންނެ އެ ސަރަހައްދު ހޯދަމުން ދަނިކޮށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން އަލިކޮއި ޖަލު ހުކުމެއް ތަންފީޒުކޮށް ފޭދު އަށް އެނބުރި އައީ މީގެ ހަފުތާއެއްހާ ދުވަސްކުރިން ކަމަށް ވެސް އޭނަގެ ގާތް ބައެއް މީހުންފެ ފަރާތުން އެނގިފައިވެ އެވެ.

އޭނާގެ މަރާ ގުޅޭ ތަހުގީހުކުރި ކުރިއަށް ދިޔަ ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ. ރަށު ތެރޭގައި ވާހަކަ ދެކެވޭ ގޮތުން އަލިކޮއި މަރުވި ކަމަށް ބެލެވެނީ މަސްތުވާތަކެތީގެ ބާވަތަކަށް އޯވަޑޯޒްވެގެންނެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ވެސް ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.