Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ރައީސް ސޯލިހް އޮޅުވެލިފުއްޓަށް ވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޅ. އޮޅުވެލިފުއްޓަށް ވަޑައިގެންފިއެވެ.

ޅ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުއްޓަށް ވަޑައިގަތުމުން އެރަށުން ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ.

ރައީސް ސޯލިހް ވަނީ އޮޅުވެލިފުށީގެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.

މިސަރުކާރުން އޮޅުވެލިފުށީގައި މިހާރު ކުރިއަށް ގެންދަމުން އަންނަ މަޝްރޫއުތަކުގެ ތެރޭގައި، ފެނާ ނަރުދަމާގެ މަސައްކަތާއި އާ އިންޖީނުގެ އެޅުމުގެ މަސައްކަތް ހިމެނެއެވެ.

ރައީސް ސޯލިހް ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގައި މަޑިވަރު، ހިންނަވަރު، ފެލިވަރު އަދި ނައިފަރަށް އިއްޔަ ވަޑައިގެންފައިވެއެވެ. އަދި މިއަދު ކުރެންދޫއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.