ލިބިފައިހުރި ހެކިތަކުން ފެންނަގޮތުން ރަޝީޔާއިން ޔޫރަޕްގައި ބޮޑު ހަނގުރާމައެއް ފެށުމަށްކަމަށް ރާވަމުން އަންނަކަން ހާމަވާކަމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ބޮރިސް ޖޯންސަން ވިދާޅުވީ، ލިބިފައި ހުރި ހެކިތަކުން ފެންނަނީ 1945 ވަނަ އަހަރުގެ ފަހުން ޔޫރަޕްގައި ކުރާ އެންމެ ބޮޑު ހަނގުރާމައަށް ރަޝިޔާއިން ޕްލޭންކުރަމުން އަންނަކަމަށެވެ. އަދި ހަނގުރާމައިގެ ރޭވުންތައް ކޮންމެވެސް މާނައެއްގައި މިހާރުވެސް ފެށިފައިވާކަމަށެވެ.
ބޮރިސް ޖޯންސަން ވިދާޅުވެފައިވަނީ، އިންޓެލިޖެންސް މައުލޫމާތުތަކުން ހާމަވަނީ ރަޝިޔާއިން ޔޫކްރެއިންނަށް އަރާ އެގައުމުގެ ވެރިރަށް ވަށާލާނެކަމަށް ކަމަށެވެ.
INTELLIGENCE UPDATE: Russia retains a significant military presence that can conduct an invasion without further warning.
Below demonstrates President Putin's possible axis of invasion. He still can choose to prevent conflict and preserve peace. pic.twitter.com/QHRM1wNwJG
— Ministry of Defence 🇬🇧 (@DefenceHQ) February 17, 2022
ރަޝީޔާ އާއި ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާއިރު، މިފަހުން އެމެރިކާ އަދި އިނގިރޭސިވިލާތުން، ރަޝީޔާއިން ޔޫކްރެއިނަށް ހަމަލާދޭނެ ކަމަށްބުނި ތާރީހުގައި ރަޝީޔާއިން ވަނީ އެގައުމުގެ ބައެއް އަސްކަރީ އުޅަނދުތަކާއި ސިފައިން ޔޫކްރެއިންގެ ބޯޑަރުކައިރިން އަނބުރާ ގެންނަކަމަށް ބުނެފައެވެ. އަދި ރަޝިޔާއިން ކުރިއަށް ގެންދަނީ އަސްކަރީ ތަމްރީނު ތަކެއް ކަމަށާއި، ޔޫކްރެއިނަށް ހަމަލާ ނުދޭނެކަމަށެވެ.
އެހެންނަމަވެސް އިނގިރޭސިވިލާތާއި އެމެރިކާ އަދި ނޭޓޯއިން ބުނެފައިވަނީ ރަޝިޔާއިން އެއްވެސް ވަރަކަށް ސިފައިން އަދި އަސްކަރީ އުޅަނދުތައް މަދު ނުކުރާކަމަށާއި، އަދި ރަޝިޔާއިން އަސްކަރީ ބާރުވެރިކަން އެ ހިސާބުގައި އިތުރަށް ވަރުގަދަކުރަމުން އަންނަކަމަށެވެ. މިކަމާ ގުޅިގެން ޔޫކްރެއިންއިން މިފަހުން ވަނީ އެގައުމުގައި އެއްބައިވަތަ ކަމުގެ ދުވަހެއްވެސް ފާހަގަކޮށްފައެވެ.
Ukrainians rallied through the center of Lviv in a column, chanting 'One united Ukraine' and carrying state flags and banners that said, 'Ukrainians will resist' to show unity despite fears of a Russian invasion pic.twitter.com/K36gLjBn3U
— Reuters (@Reuters) February 20, 2022
ޔޫކްރެއިނަށް ހަމަލާ ނުދޭނެކަމަށް ރަޝިޔާއިން ތަކުރާރުކޮށް ބުނަމުން އައިނަމަވެސް ރަޝީޔާގެ އަމަލުތައް ހުރީ އެއާ އިދިކޮޅަށް ކަމަށް ހުޅަނގުގެ ގައުމުތަކުގެ ލީޑަރުން ދެކެއެވެ.
ރަޝީޔާއިން ޔޫކްރެއިންނަށް ހަމަލާ ދޭނެކަމަށްބަލާ ޔޫކްރެއިންގައި ތިބި ގިނަ ގައުމުތަކެއްގެ ރައްޔިތުން ޔޫކްރެއިނުން ފޭބުމަށްވެސް އެ ގައުމުތަކުން ވަނީ އަންގާފައެވެ. އޭގެތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ނެދަލޭންޑްސް، ޖަޕާން، އޮސްޓްރޭލިއާ، ނިއުޒްލަންޑް އަދި ސައުތް ކޮރެއާ ހިމެނެއެވެ.
ރަޝީޔާއާއި ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާއިރު، ޑިޕްލޮމެޓިކް ހައްލެއް މިކަމަށް ހޯދުމަށް ގައުމުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޔޫކްރެއިނުންވެސް ވަނީ މިކަމުގައި ޑިޕްލޮމެޓިކް ހައްލެއް ބޭނުންވާކަމަށް ބުނެފައެވެ.