Last Updated: June 27, 18:22
Saturday, June 27, 2026
ވިޔަފާރި

މެންޑަރިން އޮރިއެންޓަލް އިން ރާއްޖޭގައި ރިސޯޓެއް ހަދަނީ

މިހާރު ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ޓޫރިސްޓް ލަގްޒަރީ ޕްރޮޕަޓީތަކެއް ހިންގަމުން އަންނަ ހޮންކޮންގްގެ މަޝްހޫރު ކުންފުނި މެންޑަރިން އޮރިއެންޓަލް ހޮޓެލް ގްރޫޕުން ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ކުންފުނީގެ ވެބްސައިޓްގައި ބުނީ 2025 ގައި ހުޅުވަން ހަމަޖެހިފައިވާ ރިސޯޓް ތަރައްގީކުރަނީ ލޯންޗްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ވިއްސަކަށް މިިނިޓްތެރޭގައި ދެވޭހާ ކައިރީގައި އޮތް ބޮލިދޮއްފަރާއި އެ ރަށާ ކައިރީގައި އޮތް ދެ ރަށް ވެސް ހިމަނައިގެންނެވެ.

މި ރިސޯޓަކީ 120 ކޮޓަރީގެ ތަނެކެވެ. އޭގެ ތެރޭގައި ހިމެނެނީ 56 ވޯޓަ ވިލާ އާއި 64 ބީޗް ފްރޮންޓް ވިލާގެ އިތުރުން ބްރޭންޑެޑް 10 ރެޒިޑެންސެވެ. މީގެ އިތުރުން ހަ ރެސްޓީރަންޓާ އެކި ތަރައްގީކުރާ ރިސޯޓްގައި ގިނަ ހިދުމަތްތަކެއް ލިބޭނެ އެތައް ފެސިލިޓީއެއް ހުންނާނެ އެވެ. އޭގެ ތެރޭގައި އިންޑޯ/އައިޓް އެކްޓިވިޓީ އަށް ހާއްސަ ތަންތަން ހިމެނެ އެވެ.

ރާއްޖޭގައި ރިސޯޓެއް ތަރައްގީކުރުމާ ބެހޭ ގޮތުން މެންޑަރިން އޮރިއެންޓަލް ހޮޓެލް ގްރޫޕްގެ ޗީފް އެގްޒެކެޓިވް ޖޭސްމް ރައިލީ ވިދާޅުވީ މިއީ އެ ކުންފުނީގެ ހިދުމަތްތަކާއިކ އިންވެސްޓްމަންޓްތައް ފުޅާކުރަން ކުރެވޭ މަސައްކަތުގެ ވަރަށް މުހިއްމު ބައެއް ކަމަށެވެ.

"ވަކިން ހާއްސަކޮށް ރާއްޖޭގައި ރިސޯޓެއް ތަރައްގީކޮށް ހިންގުމަކީ މި މާކެޓަށް ވަންނަން އަހަރެމެން ކުރާ އިންވެސްޓްމަންޓްގެ ފެށުމަށް ވާނެ." އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަކީ ޓޫރިޒަމްގައި މުޅި ދުނިޔޭގައި ވެސް އެންމެ ނަގާ ކިޔާ އެއް ގައުމެވެ. ރާއްޖޭގެ ޓޫރިޒަމަށް މިހާރޔ 50 އަހަރު ފުރިފައިވާ އިރު، ހިންގާ ރިސޯޓްތަކުގެ އަދަދު 130 އަށް ވުރެ ގިނަ އެވެ.