އައްޑޫ މޭޔަރު އަލީ ނިޒާރު ކޮވިޑް-19 އިން ފަސޭހަވެ، މިއަދު ރަސްމީކޮށް އަލުން މަސައްކަތަށް ނުކުންނަވަން ފައްޓައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ބައްޔަށް ޕޮޒިޓިވްވަޑައިގަތް ނިޒާރު މިއަދު ވަނީ ހިތަދޫގައި ހުންނަ އޮޑިޓް އޮފީހުގެ ދެކުނު ގޮފިން ބޭއްވި ރަސްމިއްޔާތެއް ވެސް ޝަރަފުވެރިކޮށް ދެއްވައިފަ އެވެ.
މި އަހަރު ފެށުނު ފަހުން އައްޑޫގެ ކޮވިޑްގެ ކޭސްތައް އިތުރުވާން ފަށައި، އެ ބަލީގައި މިއަދު ވެސް މީހަކު މަރުވެފައިވެ އެވެ. އެއީ ކޮވިޑްގައި އައްޑޫން މަރުވި 16 ވަނަ މީހާ އެވެ.