Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ނައިފަރު ކައުންސިލް ލޯގޯ އަކީ ކޮޕީއެއް!

ޅ. ނައިފަރު ކައުންސިލުން ރޭ ލޯންޗްކުރި އެތަނުގެ ލޯގޯ އަކީ އެހެން ތަނެއްގެ ލޯގޯއެއްގެ ކޮޕީއެއްކަން ހާމަވެއްޖެ އެވެ.

ނައިފަރު ކައުންސިލުން ކޮޕީކުރީ "ދި އައިކަން އާޓް" ގެ ނަމުގައި ހިންގާ އިންޑޮނީޝިއާގެ އޮންލައިން ގެލެރީއެއްގެ ލޯގޯ އެވެ. އެ ލޯގޯ އިނީ ސަންގެއް ސިފަވާ ކަހަލަ ގޮތަކަށެވެ. ދެ ލޯގޯގެ ތަފާތަކީ ހަމައެކަނި ކުލަ އެވެ. "ދި އައިކަން އާޓް" ލޯގޯގެ ކުލަ އަކީ ގަދަ ނުލެވެ.

ނައިފަރު ކައުންސިލްގެ ލޯގޯގެ ކުލަ އަކީ ފެއްސެވެ.

އެ ކައުންސިލުން ބޭރު ބައެއްގެ ލޯގޯ ކޮޕީކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި މިކަން ފާހަގަކޮށް މިހާރު ދަނީ ޖޯކް ޖަހައި، ފާޑު ވެސް ކިޔަމުންނެވެ. މި ލޯގޯ އަކީ މުބާރާތަކަށް ހުޅުވާލައި 30،000ރ. ގެ އިނާމަކާ އެކު ކަނޑައެޅި ލޯގޯއެކެވެ،

ނައިފަރު ކައުންސިލްގެ ލޯގޯ ލޯންޗްކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވަޑައިގެއްނެވި އަދި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ލައިވްކޮށް ދެއްވި ރަސްމިއްޔާތެއްގަ އެވެ.