ރައީސް އިބްރާޙީމް މުހައްމަދު ސޯލިހަށް ޅ. ކުރެންދޫއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ރައީސް ސޯލިހް ޅ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ކުރެންދޫއަށް ވަޑައިގެންފައިވާއިރު މިސަރުކާރުން ކުރެންދޫގައި މިހާރު ކުރިއަށް ގެންދަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި އާ އިންޖީންގެ އެޅުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޮންޓްރެކްޓް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ހިމެނެއެވެ.
ރައީސް ސޯލިހް ކުރެންދޫއަށް ވަޑައިގެންވަނީ އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައެވެ.
ޅ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ރައީސް ސޯލިހް މިއަދު ވަނީ އޮޅުވެލިފުއްޓަށްވެސް ވަޑައިގެންފައެވެ.
ރައީސް ސޯލިހް ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދާވާ ދަތުރުފުޅުގައި މަޑިވަރު، ހިންނަވަރު، ފެލިވަރު އަދި ނައިފަރަށް އިއްޔަ ވަޑައިގެންފައިވެއެވެ.