މާލެ ސިޓީ ކައުންސިލްގެ މުވައްފަފުންނަށް ހާޒިރީ އެލަވަންސެއް ދޭން ދާދި ފަހުން އެ ކައުންސިލުން ނިންމާފައިވާތީ އެކަމަކީ އެއާ މެދު އޮޑިޓަ ޖެނެރަލް އޮފީހުގެ ބަހެއް ވެސް އޮންނަން ޖެހޭ ކަމެއް ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އޮޑިޓް އޮފީހުގެ ދެކުނު ގޮފީގައި މިއަދު އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ޑިޕާޓްމަންޓެއް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ނިޒާރު ވިދާޅުވީ ހާޒިރީ އެލަވަންސް ދިނުމާ މެދު އޮޑިޓް އޮފީހުގެ ބަހެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ކުރަނީ ހަމަ ސިވިލް ސާވިސް މުވައްޒަފުން ކަމަަށްވާތީ ހާޒިރީ އެލަވަންސާ ގުޅޭ ގުޅޭ ގޮތުން ސާފު ނިންމުމެއް އޮންނަ ޖެހޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ޑިޕާޓްމަންޓް ދެކުނު ސަރަހައްދީ އޮފީހުގައި ގާއިމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. މިރަސްމިއްޔާތު ޝަރަފްވެރި ކޮއްދެއްވީ އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު. pic.twitter.com/PjK8tYcZtI
— Addu City Council (@AdduCityCouncil) February 20, 2022
އޭނާ ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލުން އެފަދަ އެލަވަންސެއް ދޭ ނަމަ އެހެން ސިޓީ ކައުންސިލްތަކުން ވެސް އެކަން ނުކޮށްގެން އޭގެ ޕްރެޝަރު އަންނާނެ ކަމަށެވެ.
"އެހެންވެ އެ އެލަވަންސް ދޭން ޖެހޭއޭ ބުނެ އެ ޕްރެޝަރު އަހަރެމެންނަށް ވެސް އަންނާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މާލީ ހަމަތަކާއި ގާނޫތަކާއި ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން ސިވިލް ސާވެޓުންނަށް ލިބެން ޖެހޭ އެއްޗެއް ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދުގެ ތެރެއިން ނޫނީ ލިބެން ޖެހޭނެ ކަމަކަށް." ނިޒާރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ ކައުންސިލްގެ އާމްދަނީގެ ތެރެއިން ވެސް މުވައްޒަފުންނަށް އެލަވަންސޭ ދެއްވުމަކީ ކުރައްވާ ހިތްވާ ކަމެކެވެ.
"މި ވާހަކަ އަޅުގަނޑު ދައްކާ އިރު ވެސް ފާގަގަކުރަން އައްޑޫ ސިޓި ކައުސިލުން ވެސް މުވައްޒަފުންނަށް ތިރީސް ޕަސެންޓްގެ އެލަވަންސެއް ދޭކަން. އެހެން ނަމަވެސް ވާނެ މި ފަހަރު ރިކޮމަންޑޭޝަނެއްގެ ގޮތުގއި އެކަން ހުށަހަޅައި އަދި ކުރިއަށް އޮތް ދެ މަސް ތެރެގޭގައި އެ ދެވޭނެ އެއްޗެއްކަން ޔަގީންކުރަން [ހުށަހަޅާފައި]،" ނިޒާރު ވިދާޅުވި އެވެ. "މުވައްޒަފުންނަށް ލިބޭ އެއްޗެއް ކައުންސިލުން ހަމަ ކުއްލިއަކަށް ކަނޑާލުމަކީ ފަސޭހަ ކަމެއް [ވެސް] ނޫން." އޭނާ ވިދާޅުވި އެވެ. "އެކަމަކު އެހެން ވާން ނުޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."
އެކަމާ ގުޅުވައިގެންނާއި މާލެ ސިޓީ ކައުންސިލުން ދޭން ނިންމި ހާޒިރީ އެލަވަންސަށް އިޝާރާތްކުރައްވައި އައްޑޫ މޭޔަރު ވިދާޅުވީ އެ އެލަވަންސަކީ ދެވޭނެ އެއްޗެއްކަން ސާފުކޮށް ޔަގިންވެފައި އޮންނަން ޖެހޭ ކަމަށެވެ.
"އެކަން އެންމެ ފަސޭހައިން ކުރެވެ އޮންނާނީ ސިވިލް ސާވިސްހެ ތެރެއިން އޭހެ ތެރެއަށް ވަނަސް އަދި އެހެން މިުވައްސަސާތަކުން ވެސް ވަނަސް [ސީދާ] އޮޑިޓް އޮފީހުން އެކަމުގައި ބަހެއް ބުނުމަކީ މުހޮިއްމި ކަމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން." ނިޒާރު ވިދާޅުވި އެވެ.