Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ސީޕީ ހަމީދު ޕޮލިސް ބޯޑަށް ހާޒިރުކުރަނީ

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ފުލުހުންގެ ބޯޑަށް ހާޒިރުކުރަން ނިންމައިފި އެވެ.

ފުރަތަމަ ފަހަރަށް ސީޕީ ބޯޑަށް ހާޒިރުކުރަނީ ބަލަމުންދާ މައްސަލައަކާ ބެހޭ ގޮތުން މައުލޫމާތުތަކެއް ސާފުކިރުމުގެ ގޮތުން މާދަމާ މެންދުރު ފަހު 2:00 ގަ އެވެ. އެކަމަކު އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕޮލިސް ބޯޑް އެކުލަވާލެއްވީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.

އެ ބޯޑްގެ މެމްބަރުންނަކީ އަހުމަދު ފަޔާޒް ހަސަން، އާއިޝަތު ނޫރާ މުހައްމަދު، އަލީ ފާއިޒު، އަހުމަދު ނާޝިދު، އާދަމް އިބްރާހީމް، ހާމިދު އަބްދުލްޣަފޫރު އަދި ސަފާ ޝަރީފް އެވެ.