Last Updated: July 12, 17:10
Sunday, July 12, 2026
ވިޔަފާރި

އެޕަލް އިން މި އަހަރު އާ މެކްތަކެއް ނެރެނީ

އެޕަލް އިން މި އަހަރު އެ ކުންފުނީގެ އާ ތިން މެކްބުކެއް ނެރެން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެޕަލްގެ އުދެއްދުންތަކާ ބެހޭ ޚަބަރުތައް ގެނެސްދޭ މާކް ގާމަން ބްލޫމްބާގައި ބުނީ އަންނަ މަހާއި މެއި/ޖޫން ހިސާބުގައި ނެރޭނެ ކަމަށް ބެލެވޭ މެކްބުކްތަކަކީ އެޕަލްގެ އާ ޗިޕް އެމް2 އާ ވެސް އެކީ ނެރޭނެ ޑިވައިސްތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން އާ މެކްތަކުގެ ސްޕީޑް އަވަސްވެފައި، އޭގެ މަސައްކަތްތައް ވަރަށް ފަސޭހަވާނެ ކަމަށް ބުންޏެވެ.

މާކް ބުނީ އެޕަލް އިން އާ ޗިޕާ އެކު ނެރޭ މެކްތަކަކީ 13 އިންޗީގެ މެކްބުކް ޕްރޯ އާއި މެކްމިނީ އާއި 24 އިންޗީގެ އައިމެކެއްގެ އިތުރުން މެކްބުކްއެއާގެ މުޅިން ތަފާތު ޑިޒައިނެކެވެ. ނަމަވެސް މި އުފެއްދުއްތަކައި އެޕަލް އިން-ހައުސް އާ ޗިޕް، އެމް2 އާ ބެގޭ އެއްވެސް މައުލޫމާތެއް އެޕަލް އިން ހާމައެއްނުކުރެ އެވެ. މާކް ލަފާކޮށްފައިވާ ގޮތުގައި މެކްހެ ޕްރޯ އާއި މެކްސް ވާޝަން އާންމުކޮށް ނެރޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. އަދި އަންނަ އަހަރު އެމް3 ޗިޕާ އެކު އާ ޑިވައިސްތަކެއް ވެސް ނެރޭނެ އެވެ.

އެ ކުންފުނިން އެމް1 ޗިޕާ އެކީ ޑިވައިސްތަކެއް ނެރުނީ 2020 ގެ ނޮވެމްބަރުގެ ތެރޭގަ އެވެ.