ކޮވިޑް-19 ގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ރޭ 12:15 ގައި މަރުވެފައިވާކަމަށެވެ.
މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ އަދަދު ވަނީ 292 އަށް އަރާފައެވެ.
ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 165،073 އަށް އަރާފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 15،035 ކަމަށްވާއިރު އޭގެތެރެއިން 24 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގަ އެވެ. މި ބަލިން 149،734 މީހުން ރަނގަޅުވެފައިވެއެވެ.