Last Updated: June 7, 18:41
Sunday, June 7, 2026
މުނިފޫހިފިލުވުން

ޕްރިޔަންކާގެ ކެބަރެޓް ޑާންސް

އަންނަ މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ގުންޑޭ" ގައި ހިމެނޭ ޕްރިޔަންކާ ޗޯޕްޅާގެ ކެބަރެޓް ލަވަ އާންމުކޮށްފި އެވެ.

މި ލަވައިގައި ޕްރިޔަންކާ އެކު އެ ފިލްމުގެ ދެ ބަތަލުން ކަމަށްވާ ރަންވީރު ސިންގާއި އަރުޖުން ކަޕޫރު ވެސް ފެނިގެން ދެ އެވެ.

ކަލްކަތާގައި 1970 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭ "ގުންޑޭ" އަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.