Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ހިންނަވަރު ބަނދަރު މަސައްކަތް ބާރަށް ކުރިއަށް

ޅ.ހިންނަވަރު ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ބާރަށް ކުރިއަށްދަމުން އަންނަކަން އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހިންނަވަރު ބަނދަރުގެ ދެކުނުފަރާތުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ފުރިހަމަ ކުރެވިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ބަނދަރުގެ އުތުރު ފަރާތުގައި އެއްގަމު ތޮށި ލުމަށްޓަކައި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 170.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ހިންނަވަރު ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަޝްރޫއުއަކީ 99.52 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.