ބައިނަލްއަގްވާމީ ބޮޑު ޤުރުއާން މުބާރާތެއްގައި ބައިވެރިވާން ރާއްޖޭން ފުރުސަތު ހުޅުވާލައިފި އެވެ.
"އަލް-އަގްސާ އިންޓަނޭޝަނަލް އިލެކްޓްރޯނިކް ކޮންޕެޓީޝަން ފޮ މާސްޓަރިން ދަ ރެޖިސްޓްރޭޝަން އޮފް ދި ހޮލީ ޤުރްއާން" ގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް އޮންނާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުންޏެވެ.
މުބާރާތުގެ ޝަރުތުތަކަކީ ތަޖުވީދުގެ ޙުކުމްތަކާ އެއްގޮތަށް ޤުރްއާން ފުރިހަމައަށް ކިޔަވަން ދަންނަ ފިރިހެނަކަށްވުމާއި އަންނަ އެޕްރީލް މަހުގެ 1 އަށް 30 އަހަރު ފުރިފައިވާ މީހަކަށްވުމެވެ.
"އަލް-އަޤްޞާ އިންޓަނޭޝަނަލް އިލެކްޓްރޯނިކް ކޮންޕެޓީޝަން ފޮ މާސްޓަރިން ދަ ރެޖިސްޓްރޭޝަން އޮފް ދި ހޮލީ ޤުރްއާން" މުބާރާތަކީ މި އަހަރު ޝަޢްބާން މަހު 28 ގައި ފަލަސްތީންގެ ވަޤުފް އެންޑް ރިލިޖަސް އެފެއާޒް މިނިސްޓްރީން އިންތިޒާމްކޮށްގެން އޮންލައިންކޮށް ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ.
މު މުބާރާތުގައި ރާއްޖޭން ވާދަކުރާނެ މީހަު ގޮވާނީ ކުރިމަތިލާ މީހުންނަށް ޤުރުއާނާ ބެހޭ މަރުކަޒުން އިމްތިހާނު ކުރުމަށް ފަހު އެވެ.