ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް ކަމަށް އާސިމް މުހައްމަދު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ޕީސީބެ ރައީސް ކަމަށް އާސިމް އައްޔަނު ކުރުމަށް ފެންނަ ކަމަށް 55 މެމްބަރުން ވޯޓު ދެއްވިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހު ޕީސީބީގެ ރައީސްކަމަށް އާސިމް އައްޔަންކުރައްވާފައިވާއިރު އޭގެ ކުރިން އޭނާ ހުންނެވީ އެ ބޯޑްގެ ނާއިބު ރައީސްކަމުގެ މަޤާމުގައެވެ.
ޕީސީބީގެ ބޯޑުގައި ދެން ތިއްބެވި މެންބަރުންނަކީ އައިޝަތު ޝާޒްލީ، އަލީ ޝަފީއު، އަހްމަދު ޝަރީފް ޔޫސުފް، ރުޝާހާ އަހުމްދު ޝަރީފް އަދި އަލީ ސުޖާއެވެ.