Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

ވައްކަމުގެ ތަހުގީގަކަށް ހުޅުދޫ މީހަކު ހޯދަނީ

ވައްކަމުގެ މައްސަލައަކާ ގުޅިގެން ހުޅުދޫ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުނުން ބުނީ ތަހުގީގަށް ސުވާލުކުރަން ހޯދަނީ ސީސަންމާގޭ މޫސާ މަހުޒޫން، 46، ކަމަށެވެ. ވައްކަމުގެ މައްސަލައާ ގުޅުގެން އޭނާ ހާޒިރުވާން ޖެހެނީ މި މަހުގެ 28 ގެ މެންދުރު ފަހު 2:00 ގައި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ.

ފުލުހުން މަހުޒޫންް ހޯދަން އިއުލާންކުރީ ފުލުހަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އާއި އާއިލާ އަށް ވެސް އޭނާ އުޅޭ ވަކި ތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.