Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ސެޓްފިކެޓް ލެވެލް އެކެއްގެ ގާރީ ކޯހެއް ހުޅުމީދޫގައި ބާއްވައިފި

ސ. މީދޫ ޝަމްސުއްދީން ސެންޓަ ފޮ އިސްލާމިކް ސްޓަޑީޒް އާއި ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ސެޓްފިކެޓް ލެވެލް 1 ގެ ގާރީ ކޯހެއް ބާއްވައިފި އެވެ.

ނޮވެމްބަރު 18، 2012 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކޮންމެ ދުވަހަކު ކިޔެވުން ކުރިއަަށް ގެންދިޔަ މިގާރީ ކޯހުގައި ޖުމްލަ 50 މީހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެ އެވެ.

ޝަމްސުއްދީން ސެންޓަ ފޮ އިސްލާމިކް އެފެއާޒުން ބުނީ އިއްޔެ ނިމުނު ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރި ފަރާތްތަކުގެ މެދުގައި ގުރުއާނާ ބެހޭ މަރުކަޒުން ޓެސްޓެއް ވެސް ބާއްވާފައިވާ ކަމަށެވެ. އަދި އެ ޓެސްޓް ބޭއްވުމަށް ގުރުއާނާ ބެހޭ މަރުކަޒުން މާލެން ދެ ބޭފުޅަކު މީދުއަށް ފޮނުއްވާ ދެއްވި ކަމަށް ވެސް ޝަމްސުއްދީނުން ބުންޏެވެ. ކަމަށެވެ.

މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ގުރުއާނާ ބެހޭ މަރުކަޒުން ފޮނުއްވި ގާރީއެއްގެ އެހީތެރިކަމާ އެކުގައި ކަމަށާއި ހުޅުމީދޫގެ ގިނަބަ ޔަކު ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވާތީ ސެޓްފިކެޓް ލެވެލް 2 ގެ ގާރީ ކޯހެއް ވަރަށް ކައިރި މުސްތަގުބަލެއްގައި ބޭއްވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝަމްސުއްދީން ސެންޓަ ފޮ އިސްލާމިކް އެފެއާޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.