މާލޭ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއް ހިނގައި އެވެ.
އެމްއެންޑީއެފްއިން ބުނީ ހ. ނޫއަލިގޭގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.
ހ. ނޫއަލިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތި އެފްއާރުއެސް ފަޔަރ ކޮންޓްރޯލަށް ލިބިފައިވަނީ މިއަދު 08:55 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ހާދިސާގެ މައުލޫމާތު ލިބުމާއެކު އެފްއާރުއެސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. މިގޮތުން އަލިފާން އެއްކޮށް ނިއްވާލެވުނީ 09:25 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ހާދިސާގައި 10 މީހުނަށް ދުމުގެ އަސަރުކޮށްގެން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލަށް ފޮނުވެފައިވާކަމަށެވެ.