Last Updated: May 4, 20:25
Saturday, May 4, 2024
ޚަބަރު ކޮވިޑު އަތޮޅުތަކަށް

ކޮވިޑް މޮނިޓަރިންގައި މިވަގުތު 20 ރަށް

ކޮވިޑް-19 ބަލި މީހުންގެ ސާމްޕަލް ނެގުމަށް ހަރަކާތްތެރިވަނީ-- ފޮޓޯ: އައްޑޫލައިވް

ކޮވިޑް-19 އާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 20 ރަށެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (ޢެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިކަން ހާމަކޮށްފައިވާއިރު މޮނިޓަރިންގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ ކ. މާފުށިއެވެ. މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޑިސެމްބަރު 30 ވަނަ ދުވަހުއެވެ.

މިވަގުތު މޮނިޓަރިންގައި ހުރި ރަށްރަށަކީ ކ. މާފުށި، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ލ. ގަން، ހދ. ހަނިމާދޫ، ކ. ގުރައިދޫ، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ލ. ދަނބިދޫ، ށ. ކަނޑިތީމު، ގދ. ތިނަދޫ، ދ. ކުޑަހުވަދޫ، ބ. ކެންދޫ، ރ. އިނގުރައިދޫ، ތ. ވިލުފުށި، ރ. އަލިފުށި، ލ. ފޮނަދޫ، ހދ. މަކުނުދޫ އަދި ހދ. ނޮޅިވަރަމުއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 166،525 އަށް އަރާފަ އެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 15،211 ކޭސް އެވެ. މި ބަލިން 130،649 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 25 މީހަކަށެވެ. މި ބަލީގައި 292 މީހަކު ވަނީ ނިޔާވެފައެވެ.