Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ތައިރޮއިޑްގެ ފަރުވާއަކަށް ރައީސް ސިންގަޕޫރަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

ތައިރޮއިޑްގެ ފަރުވާއަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިންގަޕޫރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެކަން ހާމަކޮށް ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑޮކްޓަރުގެ ލަފާގެމަތިން ތައިރޮއިޑް ފަރުވާއަކަށް، މިއަދު ސިންގަޕޫރަށް ފުރާވަޑައިގަންނަވާ ކަމަށެވެ.

"މާތް ﷲގެ ވާގިފުޅާއެކު ފަރުވާގެ ކަންތައް ފުރިހަމަވެ، ލަސްނުވެ މަސައްކަތަށް އެނބުރި އާދެވޭނެ." ރައީސް ސޯލިހްގެ ޓްވީޓްގައިވެއެވެ.

މި ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުވެސް ރައީސް ސޯލިހް ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފައިވަނީ ފެބްރުއަރީ 15 ވަނަ ދުވަހުއެވެ.