Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އަލަށް 40 ފުލުހަކު ހުވާކޮށްފި

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގައި އިއްޔެ ބޭއްވި އެ ރަސްމިއްޔާތެއްގައި ފުލުހުންނަށް ހުވާލައިދެއްވީ ފެމެލީ ކޯޓުގެ ގާޒީ ޢަލްއުސްތާޒާ ޒައީމާ ނަޝީދު އަބޫބަކުރެވެ. ހުވާ ލައިދެއްވުމަށް އޭނާ ވަނީ ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި ފުލުހުންގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

އިއްޔެގެ އެ ރަސްމިއްޔާތުގައި ހުވާކޮށްފައި ވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 40 ފުލުހެކެވެ. އެއީ 16 އަންހެން ފުލުހުންނާއި 24 ފިރިހެން ފުލުހުންނެވެ. ހުވާކުރުމަށް ފަހު ފުލުހުން ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފަ އެވެ.