Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ހިޔާ ފްލެޓުން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށަނީ

ހުޅުމާލެ ފޭސް2 ކުން މާލެއަށް ސީދާ ބަސްދަތުރުތައް އަންނަ ހަފްތާގައި ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާޗް 2 ވަނަ ދުވަހުން ފެށިގެން ހުޅުމާލެ ފޭސް2 އިން މާލެއަށް ސީދާ ބަހުގެ ހިދުމަތް ފަށާނެކަމަށެވެ.

ޓްރެފިކް ގޯސް ނޫންނަމަ ބަސްތައް ދަތުރުކުރާނީ ކޮންމެ އެއް ގަޑިއިރަކުން ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަހުގެ ހިދުމަތް ދެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މިހާރު ހިޔާ ފްލެޓްތަކުން ބަހުގައި ދަތުރުކުރާ ފަރާތްތަކަށް މާލެ އާދެވެނީ ހުޅުމާލެ ފޭސް1 ގައި މަޑުކުރުމަށްފަހުއެވެ.